Monday, May 13, 2013

ޝަޠާނާގެ އަނިޔާވެރިކަން

ޖިންނިޝައިތޯނުންނަކީ އިންސާނުންނަށް ތަފާތު ގޮތްގޮތުން ވަސްވާސްދީ އުޅޭ ބަޔެކެވެ. މިހާރަކަށްއައިސް އެމީހުންގެ ދުއްތުރާ އިންސާނުންނަށް ވަނީ އާދަޔާ ޚިލާފަށް ފޯރަން ފަށައިފައެވެ. މިހެން ދިމާވާ ސަބަބަކީ އެބައިމީހުންގެ ވަސްވާސް ތަކުން ސަލާމަތް ވުމަށްޓަކައި ޤުރުއާނުންނާއި ސުންނަތުން ޘާބިތުވާ ދޫޢާތައްދޫކޮށް ހިތުހުރި ގޮތަކަށް އިންސާނާ އުޅެން ފެށުމުންނެވެ.



ޝޭޚު ޔާސީން އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލައިފި

ޙަމާސް ޖަމާޢަތުގެ ރޫޙީ ލީޑަރު ޝޭޚް ޔާސީން އިސްރާއީލްލުގެ އަނިޔާވެރި ޓެރިރިސްޓު ސަރުކާރުން ވަރަށް ރަޙުމު ކުޑަގޮތަކަށް ވަނީ އަވަހާރަ ކޮށްލައިފައެވެ.


Friday, May 10, 2013

އިސްރާއީލް ފުނޑާލާނަން

ލުބުނާންގައި އޮންނަ އެއްމެ ބޮޑު އިދިކޮޅު ޖަމާޢަތުގެ ރައީސް އަދި ޙިޛުބުﷲގެ ޒަޢީމް ޝޭޚް ޙަސަން ނަޞްރުﷲ ވިދާޅުވީ އިސްރާއީލުގެ ކިބައިން ސޫރިޔާއަށް ދިން ވައިގެ ޙަމަލާގެ ބަދަލު ވޭންދެނިވި ގޮތަކަށް ބަދަލު ހިފާނެކަމަށެވެ.





Thursday, May 9, 2013

ސޫރިޔާ ގަދަފަދަ އަލިފާން ގަނޑެއްގެ ތެރޭގައި

ސޫރިޔާގައި މިހާރު ހިނގަމުންދާ ލޭއޮރުވުމަކީ ސުންނީ މުސްލިމުންނާއި ޝީޢީ މުސްލިމުންނާ ދެމެދު ހިނގަމުންދާ ވަރަށް ނުރައްކާތެރި ލޭއޮހޮރުވުމެކެވެ. މިތަޅާ ފޮޅުމުގެ ސަބަބުން މުޅި ސޫރިޔާ ވަނީ ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓިފައިއެވެ، ވީމާ، އަހަރެމެން ނަށް މިވަގުތު ކުރެވެން އޮތް އެއްމެ ބޮޑުކަމަކަށް ވާނީ އެމުޞީބާތުން އަހަރެމެންގެ އަޚުން ސަލާމަތް ކޮށްދެއްވުމަށް އެދި ކޮންމެނަމާދަކަށްފަހު ދުޢާކުރުމެވެ.



ދިވެހިން ވަނީ ފަލަސްޠީން ލޮބުވެތި ރައްޔިތުންނާއިއެކު


ފަލަސްޠީން މިނިވަންކުރޭ! އަހަރެމެން ދިވެހި މުސްލިމުން މިކަމުގައި ކުރޭވޭނެ ކަމަކީ ކޮބާ! ހަމައެކަނި ދުޢާކުރާނީތަ؟ ނުވަތަ އެމީހަކަށް ދެވެން އޮތް ފައިސާގެ އެހީތެރިކަމެއް ކުރާނީތަ! މިކަންކުރާނެ ގޮތަކީ ކޮބާ! މިކަން ކުރަން ބޭނުންނަމަ ރާއްޖޭގައި ހުންނަ ފަލަސްޠީން ޖަމްޢިއްޔާ އާއި ޙަވާލުކުރުމުން އެކަން ހަމަޖެހިގެންދާނެ!

ފަލަސްތީން މިނިވަންކުރޭ!

އިސްރާއީލް އޭކިޔާ އަނިޔާވެރި ޓެރަރިސް ބައިގަނޑުގެ ކިބައިން ފަލަސްތީން މިނިވަން ކުރަން ޖެހޭ!

ޤައުމީ ޔުނިވަރ ސިޓީ

ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް ދަރިވަރުންގެ ސެމިސްޓާރ ޓެސްޓު ނެގުން އަންނަހަފްތާ އާދިއްތަދުވަހު ޓެސްޓު ފެށިގެން ކުރިއަށް ދާނެ ބީ، އައި،އެސް ގެ އެއްމެ ފުރަތަމަ ޓެސްޓު އޮންނީ ކޮމްޕިއުޓަރ ތިއަރީ ޓެސްޓް

ޝަރަފުއްދީން ސްކޫލް


ޝަރަފުއްދީން ސްކޫލްގައި ކުޑަކުދީންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފި މިއިޙް ތިފާލުގައި ގްރޭޑު1 ކުން ފެށިގެން ގްރޭޑު10 އެއްގެ ކުދީންނާއި އަދި ދޭސީ ބިދޭސީ ޓީޗަރުން ވެސް ވަރަށް ފޯރީއާއެކު ބައިވެރިވިއެވެ.

Wednesday, May 8, 2013

Hira Eid Parade



ޙިރާސްކޫލް
  މިއީ ސ. ހިތަދޫގައި  ޙިރާފައުންޑޭޝަނުން  ހިންގާ ސްކޫލެކެވެ. މިސްކޫލް ހިންގަނީ  ދަރިވަރުންނާ ރައްޓެހި މާހައުލެއް ގާއިމް ކޮށް އެއްމެފަހުގެ ތަޢުލީމީ ވަސީލަތްތައް ގާއިމް ކޮށްގެންނެވެ. މިހާރު މިސްކޫލްގައި 360 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެއީ ބޭބީ ނާސަރީން ފެއްޓިގެން ގްރޭޑު 2 ހަމައަށެވެ. މިހާރު މިސްކޫލް ކިޔަވައި ދެމުން ގެންދަނީ އަމިއްލަ ބޭފުޅެއްގެ ގޭގައިއެވެ. އެހެން ކަމުން ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑެވެ. އުއްމީދަކީ އަވަސް މުއްދަތެއްގެ ތެރޭގައި ސަރުކާރުން ސްކޫލް ހިންގަން ދީފައިވާ އާބިމަށް ދިއުމެވެ.

Friday, May 3, 2013

ކެތްތެރިކަން




ތަޢާރަފު
ކެތްތެރިކަމަކީ ވަރަށްނާތް އަދި އެހާމެ ރީތި ސިފައެކެވެ. ﷲ ފޮނުއްފި ހުރިހާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންވަނީ ނިސިފައިން ޖަރީކުރައްވާފައެވެ. އަދި މިރީތި ސިފަ އެންމެހާ މުސްލިމުންގެ ކިބައިގައި ހުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. ވީމާ އެންމެ ފުރަތަމަ ކެތްތެރިކަމަކީ ކޮބައިތޯ ބަލާލަން އެބަޖެހެއެވެ. ކެތްތެރިކަމަކީ ހަވާނަފްސާއި ޝައިޠާނީ ގޮވުންތަކަށް އިޖާބަދިނުމަކާނުލައި، ޙައްޤުގޮތުގައި ސާބިތުވުމެވެ.